ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެންޓީ ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ވާން އަންގައިފި އެވެ.
އޭސީސީއަށް ނިހާދު ހާޒިރުވާން އެންގި ސީދާ ސަބަބެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އެކަމަކު ނިިހާދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންގެ މައްސަލާގައި އެމަނިކުފާނަށް ހުކުމް ނުކުރަން ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ޔާމީންގެ އަތުން ދެ މިލިއަން ޑޮލަރު ހައިލަމް ނެންގެވި ކަމަށް ނިހާދު މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވި އެވެ.
އޭސީސީއަށް ހާޒިރުވާން އެންގުމުން އެ މައްސަލަ ނިހާދު ވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައި އެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ކުރިޔަށް ދިޔަ އެވެ.
ބައްދަލުވުން ވަކި ހިސާބަކުން ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން، އިސްލާމް ދީނާއި ހިލާފު ވާހަކައެއް ނުދައްކާނަމަ މަޖީލީހުގެ ތަޅުމުގައި މެމްބަރަކު ދައްކަވާ ވާހަކައަކާ ގުޅިގެން އެ މެމްބަރަކާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް