ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އިއުލާންކޮށް، އެ އިންތިހާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ރެއިން ފެށިގެން މިމަުގެ20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި24 ވަނަ ދުވަހުގެ ނިޔަލަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި ދެ އިންތިހާބުގައި ޖުމްލަ1910 ކެންޑިޑޭޓުން އިންތިހާބު ކުރަން ޖެހޭއިރު އަކްރަމް ލަފާކުރައްވާ ގޮތުގައި ހަ ހާހަށްވުރެ ގިނަ މީހުން އިންތިހާބުގައި ވާދަކުރައްވާނެ އެވެ.
އޭނާ ވިދާޅުވީ ގާތްގަނޑަކަށް ހަ ހާހާއި ހަތް ހާހާއި ދެމެދުގެ އަދަދަކަށް އޮފިޝަލުން މި އިންތިހާބަށް ބޭނުންވާނެ ކަމަށެވެ. އަދި540 އަށްވުރެ ގިނަ ވޯޓޫ ފޮށި ބަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މި އިންތިހާބުގައި ކައުންސިލްތަކަށް980 މީހުން އަދި އަންހެނުންގެ ކޮމިޓީތަކަށް930 މީހުން އިންތިހާބު ކުރާނެ އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް