މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް 11 ދާއިރާއަކުން ވާދަކުރުމަށް ނިންމައިފިއެވެ.
އެ ޕާޓީން ބުނީ 11 ދާއިރާއިން ވާދަކުރާ ފަރާތްތަކުގެ ނަންތައް ކައިރި މުސްތަގުބަލެއްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި އިއުލާން ކުރާނެ ކަމަށެވެ.
އެގޮތުން އެ ޕާޓީން ނެރޭ ކެންޑިޑޭޓުން ވާދަކުރަން ނިންމާފައިވަނީ:
- ހދ. ނޮޅިވަމް ދާއިރާ
- ށ. މިލަންދޫ ދާއިރާ
- ޅ. ހިންނަވަރު ދާއިރާ
- ބ. އޭދަފުށި ދާއިރާ
- އދ. މާމިގިލީ ދާއިރާ
- ތ. ކިނބިދޫ ދާއިރާ
- ގއ. ދާންދޫ
- ސ. މީދޫ ދާއިރާ
- ވިލިމާލެ ދާއިރާ
- ހުޅުމާލެ ދާއިރާ
- ހެންވޭރު ދެކުނު ދާއިރާ
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން ވަކާލާތުކުރާ ޕާޓީން ބުނީ އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން ވަރަށް އަވަހަށް، އެ ޕާޓީން ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި އިއުލާނު ކުރާނެ ކަމަށެވެ.
އޭގެ އިތުރުން އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން އިތުރު ދާއިރާތަކަށް ވާދަކުރަން ކުރިމަތި ލުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދިވެސް ހުޅުވިފައި އޮތް ކަމަށް އެ ޕާޓީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް