ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށް ޕީޕީއެމްގެ ހިންގުން ޙަވާލު ކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ފޯމްތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ސިވިލް ކޯޓުގައި އާންމުންގެ ދެ މީހަކު ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުން މައްސަލަ ނެގުމަށް ފަހުގައެވެ.
ޕީޕިއެމް ކޮންގްރެސް ސައްހަ ކަމަށް ކަނޑައެޅުމުން އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ކޮންގްރެސް ގަބޫލުކޮށްފައިވާއިރު މައްސަލަ ނިމުނީވެސް ކުރީގެ ރައީސް ޔާމީނާ އެއްކޮޅަށެވެ.
އޭގެ ސަބަބުން މައުމޫން ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި ޕާޓީއެއް ރަޖިސްޓާ ކުރުމަށް ވެސް ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް