އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލައަކާއި ގުޅިގެން ގެނައި މީހަކަށް ފުލުހުން އަނިޔާ ކުރިކަމުގެ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ފުލުހުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި، މިމަހުގެ އެއްވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލައަކާއި ގުޅިގެން ގެނައި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭތީ މިހާރު އެމައްސަލަ ދަނީ ބަލަމުން ކަމަށެވެ. ފުލުހުންގެ ފަރާތުން ވިދާޅުވިގޮތުގައި، ފުލުހުންގެ " ޕްރޮފިޝަނަލް ސްޓޭންޑާޑް ކޮމާންޑް" ގެ ފަރާތުން އެމައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
މިހާދިސާގައި ފުލުހުން އަނިޔާ ކޮށްފައިވަނީ ކޮންފަރާތަކަށް ކަމެއް އަދި ކޮށްފައިވަނީ ކޮން އަނިޔާ ތަކެއް ކަމެއް ފުލުހުން ނުބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް