ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ކެފޭ އެއް ތެރެއަށް ވަދެއްޖެ

ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގަލޮޅު ދަނޑު ކައިރީ ހުންނަ މޫން ކެފޭ ތެރެއަށް ވަދެއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ސައިކަލެއް ސްޓާޓް ކުރަން އުޅުމުގެ ތެރޭގައި މޫން ކެފޭ ހޮޓަލްގެ ތ...

05 Feb 2019 | 07:16

ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގަލޮޅު ދަނޑު ކައިރީ ހުންނަ މޫން ކެފޭ ތެރެއަށް ވަދެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ސައިކަލެއް ސްޓާޓް ކުރަން އުޅުމުގެ ތެރޭގައި މޫން ކެފޭ ހޮޓަލްގެ ތެރެއަށް ސައިކަލެއް ވަދެފައިވާ ކަމަށެވެ. އެ ހަދިސާގައި މޫން ކެފޭގެ ބިއްލޫރި ގަނޑެއް ތަޅައިގެން ގޮސްފައިވަ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާގައި ސައިކަލަށް ގެއްލުމެއް ވެފައި ނުވިނަމަވެސް ސައިކަލު ދުއްވަން އިން މީހާގެ ފަޔަށް އަނިޔާވެ، ދުޅަވެފައިވާ ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމަށް މައުލޫމާތު ދީފައިވެއެވެ. އިތުރު މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް