އޮފީހެއްގެ ތިޖޫރި ވަގަށް ނަގައިފި

އައްޑޫ ސިޓީގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުގެ ދޮރު ވައްޓާލައިގެން ވަދެ، އެ ތަނުގެ ތިޖޫރި ވަގަށް ނަގައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިޖޫރީ ވަގަށް ނަގާފަ...

05 Feb 2019 | 06:22

އައްޑޫ ސިޓީގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުގެ ދޮރު ވައްޓާލައިގެން ވަދެ، އެ ތަނުގެ ތިޖޫރި ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިޖޫރީ ވަގަށް ނަގާފައިވަނީ އޮފީހުގެ ދޮރު މަތާލައިގެން ހުޅުވައިގެން ވަދެ ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:01 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން މީޑިއާތަކަަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވިގޮތުގައި، ވަގަށްނެގި ތިޖޫރީގައި 50،000 ރުފިޔާ ހުރިކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުން ނުދެއެވެ.

ދޮރު ވައްޓާލައިގެން ވަދެ ތިޖޫރި ވަގަށް ނެގި އިރު، އެ ތަނަށް އިތުރު އެއްވެސް ގެއްލުމެއް ދީފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް