ފުލިދޫ ކަނޑުގައި ހާލުގައި ޖެހުނު ބޯޓަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ލ.ފޮނަދޫއިން ފުރައިގެން މާލެ ދަތުރުކުރި "އަރަފާ އެކްސްޕްރެސް" ބޯޓު އިންޖީނު ހުއްޓިގެން އެމްއެންޑީއެފް  މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ސިފައިން ބުނެފައިވަނީ މި ހާދ...

05 Feb 2019 | 04:41

ލ.ފޮނަދޫއިން ފުރައިގެން މާލެ ދަތުރުކުރި "އަރަފާ އެކްސްޕްރެސް" ބޯޓު އިންޖީނު ހުއްޓިގެން އެމްއެންޑީއެފް  މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސިފައިން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓު ރޭ 21:25 އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ސިފައިން ހަރަކާތްތެރިވާން ފެށިކަމަށެވެ.

މި ހާދިސާގައި އިންޖިނު ހުއްޓުނު ބޯޓުގައި ތިބި 21 މީހުންގެ ތެރެއިން 13 މީހަކު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ވެލާނާގައި ރޭ 00:30 ހާއިރު ވަނީ މާލެ ގެނެސްފައިވާކަމުގައިވެސް ސިފައިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް