ރައީސަށް މެސެޖުކޮށް ނުހެއްދެވުމަށް ސަޕޯޓަރުންނާއި ރައްޔިތުންގެ ކިބައިން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި ތަރުޖަމާނު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ފޯނުކޮޅު މެދުވެރިކޮށް ރައްޔިތުންނާއި ސަޕޯޓަރުންނާ މެދު އަބަދުވެސް ދަނީ ނުހަނު ގާތް ގުޅުމެއް ބާއްވަމުން ކަމަށެވެ.
"ނަމަވެސް މި ވަގުތަކީ ރައީސްގެ ނުހަނު މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ވަގުތެއްކަމުން، މި ދުވަސްވަރު ރައީސަށް މެސެޖުކޮށް ނުހެއްދެވުމަށް ސަޕޯޓަރުންނާއި ލޮބުވެތި ރައްޔިތުންގެ ކިބައިން އިހުތިރާމާއެކު އެދިވަޑައިގަންނަވާ" ކަމަށް ތަރުޖަމާނު ވިދާޅުވެ އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވެފައިވަނީ ސަޕޯޓަރުންނާއި ލޮބުވެތި ރައްޔިތުން އަބަދުވެސް އެމަނިކުފާނާމެދު ބަހައްޓަވާ ގާތް ކަމަށް ޓަކައި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް