ގައުމުގައި 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި

ގައުމުގައި 15 ދުވަހުގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތތު އިއުލާނު ކޮށްފި އެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިއަދުން ފެށިގެން ފަނަރަ ދުވަހުގެ މުއްދ...

05 Feb 2018 | 15:09

ގައުމުގައި 15 ދުވަހުގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތތު އިއުލާނު ކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިއަދުން ފެށިގެން ފަނަރަ ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢްލާނު ކުރައްވައިފިއެވެ. މިޙާލަތު ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

މި ޤަރާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރިކަމުގައިވީނަމަވެސް، މިޙާލަތާ ގުޅިގެން އެ ހިނދަށް އަޅަންޖެހޭ ފިޔަވަޅުތައް ފިޔަވައި، ޢާންމު ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ހުރަހެއް ނެތްކަމާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނާއި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭނެކަމާއި، އެފަރާތްތަކުގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް