ފާރިސް ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކޮށްފި އެވެ.
"މއ.ކިނބިގަސްދޮށުގެ، އަޙްމަދު ފާރިސް މައުމޫން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް 27 ޖަނަވަރީ 2018 ގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ކޯޓު އަމުރު ބާޠިލްކޮށްފިއެވެ." ކްރިމިނަލް ކޯޓުގައި ބުނެފައި ވެ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2018/SC-SJ/01 ކޯޓު އަމުރުން އަޙްމަދު ފާރިސް މައުމޫން ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރުކުރައްވާފައިވާތީ، އަޙްމަދު ފާރިސް މައުމޫން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ނަންބަރު 145-J/MD/2018/259 ކޯޓު އަމުރު ބާޠިލްކޮށް، އަޙްމަދު ފާރިސް މައުމޫން ވަގުތުން ދޫކޮށް މިނިވަންކުރުމަށް ކުރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުގެ އިއްތިފާޤުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށްއަންގާ އަމުރުކޮށްފިއެވެ." ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ހާމަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް