ޗައިނާގެ ފަތުރުވެރިން ރާއްޖެ ނުދިއުމަށް އެގައުމުގެ ފަތުރުވެރިންނަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފި އެވެ.
އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގ ޝުއަންގ ބުނެފައިވަނީ ރާއްޖެއަށް ޒިޔާރަތް ކުރުމަށް ތައްޔާރުވަމުން އަންނަ ފަތުރުވެރިން، ރާއްޖޭގެ ހާލަތު ހަމައަކަށް އެޅެންދެން ދަތުރު ފަސްކޮށްލުމަށް ފޮރިން މިނިސްޓްރީން އެދޭ ކަމަށެވެ.
ޗައިނާ ފަތުރުވެރިން ރާއްޖެ ނުދިއުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން މިއަދު އަންގާފައިވާއިރު މިދިޔަ ހުކުރު ދުވަހު އެ ގައުމުން ޓްރެވަލް އެޑްވައިޒަރީއެއްވެސް ނެރެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް