ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން ނެޝަނަލް ސެންޓަރ ފޯރ ދި އާޓްސްގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމުން އަބްދުﷲ މުއާޒަށް އަންގާފައިވާކަމަށް އޭނާ ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ ވަޒީފާއިން ވަކިކޮށް އޭނާއަށް ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީ ޓްވީޓް ކުރަމުންނެވެ.
އެ ސިޓީގައި ބުނެފައިވަނީ މިއަދުން ފެށިގެން މުއާ މަގާމުން ވަކި ކުރައްވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި ކަމަށެވެ.
މުއާގެ ޓްވީޓްގައި ބުނެފައިވަނީ އެ ޖަވާބު ލިބުނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ރައީސަށް ދެންނެވުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް