ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
https://twitter.com/bufalhi/status/960420939652411393
"ދައުލަތުގެ އެންމެ އަސާސީ އެއް ސިފައަކީ ދައުލަތުގެ ފެށުން ކަމުގައިވާ ރައްޔިތުންގެ އިންސާނީ އަދި އަސާސީ ހައްގުތައް ހިމާޔަތްކޮށް ދިނުން ކަމަށްވެފައި، ރާއްޖޭގެ ގާއިމު ކުރެވިފައިވާ ނިޒާމަކީ ބާރުތައް ވަކިވެފައިވާ ޑިމޮކްރަސީއަކަށް ވުމާއެކު، ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް އެންމެމަތީ ކޯޓުން ކުރެވުނު އަމުރާއި ގުޅިގެން ކަންތައް ކުރަމުންދާ ގޮތުން ސުވާލު އުފެދޭ މައްސަލަތަކަށް ޖަވާބު ނުލިބި ދިގުލައިގެން ދިއުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރަން ދަތި ކަމަކަށްވާތީ، މިއަދުން ފެށިގެން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުންނާއި، ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑު މެމްބަރު ކަމުންނާއި، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ގަވަރނިން ބޯޑުގެ ވައިސް ޗެއަރކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." އިސްތިއުފާގެ ސިޓީގައި ލިޔެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް