މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން ކޯޓުން ދޫކޮށްލައިފި އެވެ.
ޝިނާން ދޫކޮށްލާފައިވަނީ އޭނގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. އޭނާ އިއްޔެ ހައްޔަރު ކޮށްފައިވަނީ ގިނަ ދުވަސް ތަކެއް ވަންދެން ރާއްޖެެއިން ބޭރުގައި އުޅެފައި ރާއްޖެ އައި ވަގުތު އެއާޕޯޓުންނެވެ.
ޝިނާން ދޫކޮށްލާފައިވާއިރު ޝިނާން އާއެކު އިއްޔެ ހައްޔަރު ކުރި، ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް