ދިވެހި ގައުމުގެ އަމާންކަމާ މަސްލަހަތު ހިމާޔަތް ކުރުމަށް، ފުލުހުންގެ ސަފުތައް ވަނީ ހިތްވަރާއެކު ރުކުރުވާލެވިފައި ކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރޭ ދަންވަރު 01:59ގައި ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި އެވެ.
ފުލުހުން މިހެން ބުނެފައިވާއިރު އިއްޔެ ދައުލަތުގެ ބަންޑާރަނައިބާއި ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އާއި ފުލުހުންގެ ހިންގުމާއި ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވެއެވެ.
އެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ކުރި ނަމަވެސް އެ އަމުރަށް ތަބާވާން ނުޖެހޭނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ނަވާޒް އާއި ޝިޔާމް ވިދާޅުވީ ސަލާމަތީ ބާރުތަކުން އަމަލު ކުރާނީ ބަންޑާރަނައިބު ލަފާދެއްވާ ގޮތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް