އޮތް ގޮތަށް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކޮށްދެވެން ނެތް: ރައީސް ޔާމީން

ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު، އެ އޮތް ގޮތަށް ތަންފީޒު ކޮށްދެވެން ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވައިފި އެވެ. މިގޮތަށް ރައީސުލްޖުމްހޫރިއްޔާ އެންގެވިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ލީގަލ...

05 Feb 2018 | 06:46

ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު، އެ އޮތް ގޮތަށް ތަންފީޒު ކޮށްދެވެން ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވައިފި އެވެ.

މިގޮތަށް ރައީސުލްޖުމްހޫރިއްޔާ އެންގެވިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިހާރު ދެއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ތިން ސިޓީއެއް ފޮނުއްވާފައިވާކަމަށެވެ.

އޭގެ ތެރެއިން އެއް ސިޓީއެއްގައި، ޕީޖީން އެދިލެއްވި ގޮތަށް ވަކި ވަކި މައްސަލަތަކެއްގެ ގޮތުގައި ނިންމަވައިދެއްވުމަށް އެދިލެއްވި ކަމަށާއި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހައްޔަރު ކުރުމަށް ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލު ކޮށް ނެރުނު އަމުރު ބާތިލް ކޮށްދެއްވުމަށްވެސް ރައީސްގެ ސިޓީފުޅެއްގައި އެދިލެއްވި ކަމުގައި އާޒިމާ ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް