މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަ ތިން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ހޯދަމުންދަނީ ކ.މާލެ، ހ.ކަނޑުފިނިގެ، މުޙައްމަދު ޝަފީޢު (48އ) އާއި ކ.މާލެ، ހ.ސައިބާން، ޙުސައިން ޝިފާން (23އ) އަދި ސ.މީދޫ، ވާދޫގެ، ފަރުޝާން އިބްރާހީމްދީދީ (40އ) އެވެ.
ފުލުހުން ބުނީ މި 3 މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792265 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް