ވަޅި ހިފައިގެން އުޅުނު ބަޔަކު ރައީސް މައުމޫން ދިރިއުޅުއްވާ ގެ ކައިރީގައި ހަރަކާތްތެރިވެއްޖެ

ވަޅި ހިފައިގެން އުޅުނު ބަޔަކު ރައީސް މައުމޫން ދިރިއުޅުއްވާ ގެ ކައިރީގައި ހަރަކާތްތެރިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން މިކަން ހާމަކުރައްވާފައިވަނީ ޓްވިޓާގައި ކުރައްވާފައިވ...

05 Feb 2018 | 06:11

ވަޅި ހިފައިގެން އުޅުނު ބަޔަކު ރައީސް މައުމޫން ދިރިއުޅުއްވާ ގެ ކައިރީގައި ހަރަކާތްތެރިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިކަން ހާމަކުރައްވާފައިވަނީ ޓްވިޓާގައި ކުރައްވާފައިވާ ޓްވީޓެއްގައި އެވެ.

https://twitter.com/maumoonagayoom/status/960392430691401728

އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ރޭ ދަންވަރު ވަގުތު އެތަކެއް ފަހަރުމަތިން، ވަޅި ހިފައިގެން ތިބި ބަޔަކު އެމަނިކުފާނު ދިރިއުޅުއްވާ ގެ ކައިރިއަށް ގޮސް  ބޭއަދަބީ ބަސްތައް ގޮވައި ހަޅޭއްލެވި ކަމަށެވެ. އަދި އެމީހުން ފޮނުވީ ކޮން ފަރާތަތަކުން ނުއެނގޭ ކަމަށެވެ.

ފުލުހުންނާއި ސިފައިން މި މައްސަލަ ބަލަން ޖެހޭނެ ކަމުގައިވެސް ރައީސް މައުމޫންގެ ޓްވީޓްގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް