ރާއްޖެ ވަޑައިގަތްތަނުން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކުރި މަޖިލީހުގެ ދެ މެމްބަރުން ކަމުގައިވާ އިލްހާމް އަހުމަދު އާއި އަބްދުﷲ ޝިނާންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފި އެވެ.
ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައިވާއިރު މި ދެ މެމްބަރުން ހައްޔަރު ކޮށްފައިވަނީ ކޮން މައްސަލައެއްގައިކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމުން މި ދެ މެމްބަރުންގެ މައްޗަށް ކުރަނީ ކޮން ދައުވާއެއްކަން ކަށަވަރެއް ނުވެ އެވެ.
މި ދެ މެމްބަރުން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް