ހޯދަން ބޭނުންވާ މީހުންގެ ލިސްޓަށް ސައްދާމްގެ އަންހެން ދަރި ރަގާދުގެ ނަން

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ އަންހެން ދަރި ރަގާދު ސައްދާމް ހުސެއިންގެ ނަން އިރާގުގެ ސަރުކާރުން ނެރެފައިވާ، ހޯދަން ބޭނުންވާ މީހުންގެ ލިސްޓަށް އަރުވައިފި އެވެ. މި ލިސްޓަށް އޭނާގެ ނަން އެރު...

05 Feb 2018 | 03:17

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ އަންހެން ދަރި ރަގާދު ސައްދާމް ހުސެއިންގެ ނަން އިރާގުގެ ސަރުކާރުން ނެރެފައިވާ، ހޯދަން ބޭނުންވާ މީހުންގެ ލިސްޓަށް އަރުވައިފި އެވެ.

މި ލިސްޓަށް އޭނާގެ ނަން އެރުވުމުން މީޑީއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އަގުވައްޓާލަން މަސައްކަތްކުރާ މީހުންނާ ކުރިމަތިލާނެ ކަމަށެވެ. އެމީހުންނާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

އިރާގުން އިއްޔެ ވަނީ 60 މީހެއްގެ ނަން ހިމެނޭ ލިސްޓެއް އާންމު ކޮށްފައި އެވެ. އެ ލިސްޓްގައި ހިމެނެނީ އައިއެސް ޖަމާއަތާއި އަލްގައިދާ ޖަމާއަތާއި ބާތު ޕާޓީއަށް ނިސްބަތްވާ ބައެއް މީހުންގެ ނަމެވެ. ބާތު ޕާޓީ އަކީ ސައްދާމް ހުސެއިންގެ ޕާޓީ އެވެ.

ރަގާދު އުޅެނީ އިރާގަކު ނޫނެވެ. އޭނާ އުޅެނީ ލުބުނާނުގައި ކަމަށް ދާދިފަހުން ރިޕޯޓް ކޮށްފައިވީނަމަވެސް އެކަން އޭނާ ދޮގު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް