މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއިބެހެ ގައުމީ އިދާރާއިން ހެނދުނު 07:30 ގައި ވައިޓް އެލާޓް ނެރެފައިވަނީ ވ އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ.
ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 07:45 އިން މެންދުރު 01:00 އާއި ދެމެދުގެ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމުގައި ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް