މާފުށީ ޖަލުގެ ގޮޅިއެއްގައި ތިބި ބައެއްގެ މޫނަން އެއްވެސް ކަމަކާނުލައި ޕެޕާ ސްޕްރޭ ޖަހައިފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޖަލުގައި ގޮޅިއެއްގައި ތިބި ބައެއްގެ ގަޔަށް ޖަލު އޮފިސަރުން ޕެޕާ ސްޕްރޭޖެހީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި އެކު އައިސްކަމަށެވެ.
އިތުރުން ޖަލުގައި ބައެއްގެ މޫނަށް ޕެޕާސްޕްރޭ ޖެހުމަށް ފަހު އެމީހުންގެ މޫނު ދޮށްވަން މިހާރު ނެރެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސީއެންއެމް އިން ވަނީ ޖަލުގެ ބައެއް ގައިދީން / ބަންދު މީހުން ޖަލުން ނެރެ ފަހަތައް ބިޑިއަޅުވައި އެމީހުންގެ މޫނު ދޮއްވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަނީ ކޮމިޝަނާ އޮފް ޕްރިޒަންސްއާއި ޖަލުގެ އޮފިސަރުން އަދި ފުލުހުން ތިބެގެން މީހެއްގެ މޫނު ދޮއްވާ މަންޒަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް