ކުޅުދުއްފުށި ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާގައި

ކުޅުދުއްފުށި ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާގައި އެ ސިޓީގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. ކޮމިޝަނުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، ...

05 Jan 2020 | 09:36

ކުޅުދުއްފުށި ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާގައި އެ ސިޓީގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކޮމިޝަނުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރު ނެގުން އަންނަ ހަފުތާގައި ބާއްވާނެ ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުން ފަސްވީ އެ ރަށައް ސިޓީއެއްގެ ދަރަޖަ ދިނުން ސަރުކާރުން ފަސް ކުރުމާއި ގުޅިގެންނެވެ.

ކުރިން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާމެދު އައްޑޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެ ނަންތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަދަލުގެނެސްފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް