ސިނަމާލެ ބްރިޖާ ހަވާލުވެ، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ތަމްރީން ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބްރިޖު ބަލަހައްޓަން ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ
މީހުން ތަމްރީން ކުރަމުން އަންނަނީ ސީސީސީސީ ކުންފުނިން ކަމަށާއި ކޮންޓްރެކްޓު ހަމަވާ ދުވަހުން ފެށިގެން ދިވެހިން ބްރިޖު ބެލެއްޓުމާ ހަވާލުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ބްރިޖު އެޅި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުނިންނެވެ.
ދިވެހި ސަރުކާރާއެކު އެ ކުންފުނިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ބްރިޖު ބަލަހައްޓަން ޖެހެނީ ދެ އަހަރުގެ މުއްދަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް