ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯޓޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެއްވަން ފަށައިފި އެވެ.
އަދި އާންމުކޮށް އޯޕީޑީ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދާ އުސޫލުން ޑރ. ފަތުހުﷲ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޑރ. ފަތުހުﷲ ސައީދު އައި.ޖީ.އެމް.އެޗް ގެ އޯ.ޕީ.ޑީގައި ބަލިމީހުން ބެއްލެވުމާއި އެސްޕެޝަލިޓީ އާއި ގުޅުންހުރި ހިދުމަތްތައް ކުރިއަށްއޮތް ދުވަސްތަކުގައި ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ އަކީ އަނގަ، މޫނު އަދި ކަނދުރާގެ ސާޖަރީ ތަކަށް ހާއްސަ ފަރުވާދޭ ސްޕެޝަލިޓީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް