އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގަމާމަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައިފި އެވެ.
އަނަސް މިއަދު ކުރެއްވި ޓުވީޓެއްގަ ވިދާޅުވީ މާލެއަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، މާލޭ ރައްޔިތުންނާއި ރަށްވެހީންނަށް ހިންދެމިލައިގެން އުޅެވޭނެ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް މާލެ ސިޓީ ހަދައިދެއްވާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް 19 މެމްބަރުން އިންތިހާބުކުރާނެ އެވެ.
އަނަސް ވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް