އާ ބެންޗާއިއެކު ސުޕްރީމް ކޯޓްގެ ޝަރީއަތްތައް ފަށައިފި

އާ އަހަރާ އެކު ސުޕްރީމް ކޯޓުގެ ރިސެސް ނިމި، އާ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އާ ފަނޑިޔާރުންގެ ބެންޗުން މިއަދު ޝަރީއަތްތައް ފަށައިފި އެވެ. ރިސެސް ނިމުމާ އެކު، މިއަދު ފެށި ޝަރީއަތްތަކުގެ ތެރެއިން އުއްތ...

05 Jan 2020 | 07:23

އާ އަހަރާ އެކު ސުޕްރީމް ކޯޓުގެ ރިސެސް ނިމި، އާ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އާ ފަނޑިޔާރުންގެ ބެންޗުން މިއަދު ޝަރީއަތްތައް ފަށައިފި އެވެ.

ރިސެސް ނިމުމާ އެކު، މިއަދު ފެށި ޝަރީއަތްތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޔާސަތުގައި އިންނަވައިގެން ފުރަތަމަ ބައްލަވަނީ މަސްތުވާތަކެތީގެ މައްސަލައެކެވެ

މީގެ އިތުރުން ވަޒީފާއާ ބެހޭ ދެ މައްސަލައެއްގެ ޝަރީއަތް ވެސް ކުރިއަށް ގެންދަން ތާވަލްގައި ހިމަނާފައިވެ އެވެ

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އާ ބެންޗާ އެކު ޝަރީއަތްތައް ފެށިއިރު އެ ކޯޓުގެ ބެންޗުގައި ދެ މަގާމެއް ހުސްކޮށް އަދި އެބަ އޮތެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ސުއޫދު ވެސް އެ މައްސަލަ ބައްލަވާ ބެންޗުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް