ލާމު ލިންކް ރޯޑްގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހެނދުނު 09:20 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް އަނބުރާލަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލު ޖެހިގެންނެވެ.
"ވޭން ދުއްވަން އިނީ 53 އަހަރުގެ ދިވެހި ފިރިހެނެއް އަދި ސައިކަލް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެމީހުންނަށެވެ. އެ ދެމީހުން މިހާރު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އަނންނަނީ ފަރުވާ ދެމުންނެވެ. ބަހަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި އެކްސިޑެންޓްގައި ސައިކަލު އަދި ބަސް ދުއްވަން ތިބި މީހުންނަކީ ލައިސަންސް އޮތް މީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް