މިދިއަ ނޮވެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.13 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފިއެވެ.
ނޮވެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.13 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.28 ޕަސެންޓް މަތީގަ އެވެ.
މަހުގެ އަގަށް އައި ބަދަލުތައް ނުލައި ބަލާނަމަ ނޮވެމްބަރު މަހުގެ އިންލޭޝަން ރޭޓް ވަނީ 0.19 ޕަސެންޓް ދަށްވެފަ އެވެ.
ސަރުކާރުން މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށްވާނެ ކަމަށް ބުނެފައިވެ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން އިންފްލޭޝަން ދަށަށް ގޮސް އެއް ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް