އިއްޒުއްދީން ސްކޫލުން 224 ކުދިންނަށް ޖާގަ ދީފި

އަހަރު މާލޭގައި އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލުން 224 ކުދިންނަށް ޖާގަ ދީފި އެވެ. ކުރީގެ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި މި ސްކޫލް ހުޅުވަނީ ގްރޭޑް 1 އިން 6 އަށް ކިޔަވައިދޭނެ ...

05 Jan 2020 | 06:20

އަހަރު މާލޭގައި އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލުން 224 ކުދިންނަށް ޖާގަ ދީފި އެވެ.

ކުރީގެ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި މި ސްކޫލް ހުޅުވަނީ ގްރޭޑް 1 އިން 6 އަށް ކިޔަވައިދޭނެ ސްކޫލެއްގެ ގޮތުގަ އެވެ

އެއްދަންފަޅިއަށް ކިޔަވައިދޭ މި ސްކޫލަށް މިހާރު 224 ކުދިންނަށް ޖާގަ ދީފައިވާ ކަމަށް އެޑިއުކޭޝަނުން މިއަދު ބުންޏެވެ.

މި ސްކޫލު ހުޅުވުމަށް ތައްޔާރު ވަމުން އަންނަ އިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި ކައުންސިލަރުންނާއި، ސުޕަވައިޒަރުން އަދި އިދާރީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން އިއްޒުއްދީން ސްކޫލް ގެ ނަމުގައި އާ ސްކޫލެއް މާލޭގައި ހުޅުވަން ސަރުކާރުން ނިންމީ މިދިޔަ އަހަރު ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް