މިދުވަސްވަރަކީ އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރަކަށް ވާތީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެދިއްޖެއެވެ.
އެހެން ކަމުން ވީއައިއޭ އިން ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަ އަކަށް، ފަސިންޖަރުން ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެގޮތުން ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު 239 ރަންވޭ މޫމަންޓްސް ރިކޯޑު ކުރެވިފައިވާކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ރަންވޭ އެއްވެސް ގާއިމްކޮށްފައިވާއިރު ރަންވޭ އަށް ބޭނުންވާ ކްލިއަރެންސް ސްޕޭސް އަދި ނުލިބޭތީ ރަންވޭ ބޭނުންކުރާކަށް ނުފަށައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް