ޗައިނާއާ އެކު މަސައްކަތްތައް ކުރެވޭނެ: ޝާހިދު

ޗައިނާ އާ ގުޅިގެން މި އަހަރުވެސް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމް ކު...

05 Jan 2020 | 04:43

ޗައިނާ އާ ގުޅިގެން މި އަހަރުވެސް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމް ކުރާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ކްލިނުކާ ގުޅޭގޮތުން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ގިނަ މަސައްކަތްތައް މުސްތަގުބަލުގައިވެސް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ލޮލުގެ ކްލިނިކަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ވަރަށް ފުރިހަމަ ހެއްކެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ލޮލުގެ ސެންޓަރަކީ ރާއްޖޭގައި ގާއިމްކުރާ މިފަދަ ފުރަތަމަ ސެންޓަރެވެ.

މި ސެންޓަރުން ލޮލުގެ ފުސްކެހުމާއި، ގުލޮކޮމާ، ހަކުރު ބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް ލޮލުގެ ކޮއެގެ ބަލިތަކާއި ނަންބަރު ނެގުން ފަދަ ހިދުމަތްތައް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް