އަލަށް އައްޔަނުކުރި ފަނޑިޔާރުންނާއިއެކު ސުޕްރީމް ކޯޓްގެ އަޑުއެހުންތައް މިއަދު ފަށަނީ

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރުން އައްޔަން ކުރުމަށް ފަހު އެ ކޯޓުގެ އަޑުއެހުންތައް މިއަދު ފެށުމަށް ތާވަލުކޮށްފިއެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުގައެވެ. ...

05 Jan 2020 | 04:23

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރުން އައްޔަން ކުރުމަށް ފަހު އެ ކޯޓުގެ އަޑުއެހުންތައް މިއަދު ފެށުމަށް ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުގައެވެ.

ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަނު ކުރެވުނު ފަހުން އެ ކޯޓުގައި އަޑުއެހުމެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވުމަށް ފަހު މިއަދަށް ވަނީ ތިން މައްސަލައެއް ތާވަލުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނުބަލައި ގިނަ ދުވަސްވާ ކަމަށް ބުނެ ގިނަ ބަޔަކު މީގެ ކުރިން އަބަދުވެސް ޝަކުވާ ކުރެއެވެ.

ހަފްތާއެއްގެ ތެރޭގައި މިހާ ގިނަ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަން ތާވަލު ކުރި މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް