ކަޅުވަކަރު މިސްކިތް ރޭވުމުގައި ހަރަކާތްތެރިވާނެ ވަޑިއަކާއި އަތްދަށު ހަތަރު ވަޑިން ހޯދަން އިއުލާނު ކޮށްފިއެވެ.
މިނިސްޓްރީ އޮފް އާރޓް ކަލްޓަރ އެންޑް ހެރިޓޭޖުން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަޑިއަކާއި އަތްދަށު ހަތަރު ވަޑިން ހޯދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި ވަޑީގެ މުސާރައަކީ މަސައްތަކަށް ނިކުންނަ ކޮންމެ ދުވަހަކަށް 1500 ކަމަށެވެ. އަދި އަތްދަށު ހަތަރު ވަޑިންގެ މުސާރައަކީ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 800 ރުފިޔާ ކަމުގައި ބުނެފައިވެއެވެ.
ޝަރުތުތަކެއް ކަނޑައަޅާފައިވާއިރު މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މި މިނިސްޓްރީއަށް ކަމުގައި އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން ކޮންޒަވޭޝަން އޮފިސަރުންނާއި ގްރެފިކް ޑިޒައިނަރަކާއި މަސައްކަތު މީހުންނާއި ފޮޓޯ އަދި ވީޑިއޯގްރަފަރަކާއި ޕްރޮޖެކްޓް އެޑްމިން އޮފިސަރަކު ހޯދަން އިއުލާނު ކޮށްފައިވެއެވެ. ޕްރޮޖެކްޓް މެނޭޖަރެއްގެ އިތުރުން ޕްރޮޖެކްޓް އޮފިޝަރުންގެ އިތުރުން ގަލު ވަޑިއަކު ހޯދަންވެސް އިއުލާނު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް