ށ. ނޫމަރާ ނެރު ފައިކައްޓަށް ދޯންޏެއް އުރިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މީޑިއަތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ށ. ނޫމަރާ ފަޅުން ނިކުންނަށް އުޅުނު 50 ފޫޓުގެ "އަބާރަނަ" ދޯނި، ނޫމަރާގެ ނެރު ފައިކައްޓަށް އުރުގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއިގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 12:34 ހާއިރު ކަމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދޯނީގެ ވެރިފަރާތުން ފޮނުވި އެހެން ދޯންޏެއް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މީގެ އިތުރުން އެ ދޯނި ދިޔަވަމުންދާކަށާއި އަދި ދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތުން ކަންނެލި ދޯންޏެއްގެ ކަފު ޖަހައިގެން މަސައްކަތް ކުރަމުން އަންނަކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް