މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރާއްވަވައިގެން މިރޭ ކުރިޔަށްގެންދިޔަ ދަރުސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް ބައިވެރިވެވަޑައިގެންފިއެވެ.
އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވެވި މި ދަރުސް ފޯރަމްގެ މައުޟޫއަކީ ބާއްޖެވެރި ޢާއިލާއެވެ. މިރޭގެ ދަރުސް ދެއްވީ އައްޝައިޚް އިލްޔާސް ހުސައިން އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ މި ދަރުސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް