ރާއްޖޭގައި ކިޔަވައިދޭން އުޅުނު އިންޑިއާ ޓީޗަރަކު ގައުމަށް ގޮސް ބޮޑުބެރު ގްރޫޕެއް އުފައްދައިފި

ގއ ކަނޑުހުޅުދޫ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭން އުޅުނު، ސުރޭޝް ސޯމާ ނަމަކަށް ކިޔާ މީހަކު އެނބުރި ގައުމަށްގޮސް ބޮޑުބެރު ގްރޫޕެއް އުފައްދައި، އެގައުމާއި ގައުމުން ބޭރުގައި ޝޯތައް ދޭން ފަށައިފި އެވެ. ދަ ...

05 Jan 2018 | 11:55

ގއ ކަނޑުހުޅުދޫ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭން އުޅުނު، ސުރޭޝް ސޯމާ ނަމަކަށް ކިޔާ މީހަކު އެނބުރި ގައުމަށްގޮސް ބޮޑުބެރު ގްރޫޕެއް އުފައްދައި، އެގައުމާއި ގައުމުން ބޭރުގައި ޝޯތައް ދޭން ފަށައިފި އެވެ.

ދަ ހިންދޫގައި މިއަދު ޝާއިޢު ކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ ކެރެލާގެ ޕަތަނަމްތިއްތަ އަށް ނިސްބަތްވާ، އުމުރުން 50 އަހަރުގެ ޝުރޭޝް އަކީ އަބަދުވެސް "ފޯކް" މިއުޒިކަށް ލޯބިކުރާ މީހެއް ކަމަށާއި އޭނާއަށް ބޮޑުބެރުގެ ތެރެއަށް ވަދެވުނީ ރާއްޖޭގައި ކިޔަވައިދޭން އުޅުނު އިރުގައި ކަމަށެވެ. އަދި އޭނާ މިހާރު ކުރާ މަސައްކަތަކީ އިންޑިއާގައި ބޮޑުބެރު ދިރުވާ އާލާ ކުރުން ކަމުގައި ބުނެފައި ވެ އެވެ.

އޭނާގެ ބޮޑުބެރު ގްރޫޕްގައި އޭނާގެ ދަރިއަކުވެސް އުޅޭ ކަމަށާއި މިހާރު މިހާތަނަށް 1500 އަށްވުރެ ގިނަ ޝޯ، ޝްރޭޝްގެ ގްރޫޕުން އެކި ކަންކޮޅުތަކުގައި ދީފައިވާކަމަށާއި ޝޯ ދީފައިވާ ގައުމުތަކުގެ ތެރޭގައި ގަލްފުގެ ގައުމުތައްވެސް ހިމެނޭ ކަމުގައިވެސް ދަ ހިންދޫގައި ރިޕޯޓް ކޮށްފައި ވެ އެވެ.

މީގެ އިތުރުން ޝުރޭޝް މެން ގްރޫޕުން ބޮޑުބެރު ލަވަތައް ހުށަހަޅާދޭއިރު ދިވެހި ލަވަތައްވެސް ހުށަހަޅާދޭ ކަމަށްވެސް ދަ ހިންދޫގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް