ޅ. ހިންނަވަރު ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ނިއްވާލައިފިއެވެ.
ސިފައިން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު ގާތްގަނޑަކަށް 13:45 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންގެ ޓީމެއް ވަނީ ހަރަކާތްތެރިވާ ފަށާފައިވާކަމަށާއި އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރަމަނުން ކުރި މަސައްކަތުން މިހާދިސާގައި ރޯވި އަލިފާން ނިއްވާލާފައިވަނީ 14:30 ހާއިރު ކަމަށެވެ.
"މި ހާދިސާގައި ރޯވެފައިވަނީ ޅ.ހިންނަވަރު ގޮނޑު ސަރަޙައްދުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ ގުދަނެއްގައެވެ. މި ގުދަނަކީ ގޮނޑުން ހޮވާ ބައެއް ތަކެތި ރައްކާކުރުމަށް ބޭނުންކުރެވޭ ގުދަނެއްކަމަށާއި އަލިފާން ރޯވުމާ ގުޅިގެން ގުދަނުގައި ހުރި ސާމާނު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ." ސިފައިން ހާމަކުރެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް