އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސަލާހް އަށް!

2017 ވަނަ އަހަރުގެ އެންމެ މޮޅު އެފްރިކާ ކުޅުންތެރިޔާގެ އެވޯޑް (އެފްރިކަން ޕްލެޔަރ އޮފް ދި ޔަރ 2017) ލިވަޕޫލް އަދި މިސްރުގެ ތަރި މުޙައްމަދު ސަލާހް ހޯދައިފިއެވެ. ގާނާގެ އަކްރާގައި ކުރިއަށް ދިޔަ ރަސްމިއް...

05 Jan 2018 | 11:04

2017 ވަނަ އަހަރުގެ އެންމެ މޮޅު އެފްރިކާ ކުޅުންތެރިޔާގެ އެވޯޑް (އެފްރިކަން ޕްލެޔަރ އޮފް ދި ޔަރ 2017) ލިވަޕޫލް އަދި މިސްރުގެ ތަރި މުޙައްމަދު ސަލާހް ހޯދައިފިއެވެ.

ގާނާގެ އަކްރާގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ސަލާހް މި އެވޯޑް ހާސިލް ކުރީ އޭނާ އާއެކު ލިވަޕޫލަށް ކުޅޭ ސަޑިއޯ މާނޭ އަދި ބްރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގްއާ ވާދަކޮށެވެ. މިއީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ސަލާހަށް ލިބުނު ފުރަތަމަ ފަހަރެވެ.

1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މިސްރު ވޯލްޑްކަޕަށް ކޮލިފައި ވިއިރު މުޙައްމަދު ސަލާޙް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އޭނާ ވަނީ މި އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް މިސްރު ގެންދިއުމުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

މި ސީޒަނަށް އަލަށް ލިވަޕޫލްއާ ގުޅުނު ފޯވާޑްގެ ފަރާތުން އަންނަނީ ކްލަބްގައިވެސް ވަރަށް ރަނގަޅު ކުޅުމެއް ފެންނަމުންނެވެ. ލިވަޕޫލަށް މިހާތަނަށް ކުޅެދިން 29 މެޗުން ސަލާހް ވަނީ 23 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެވޯޑްއަށް 24 ކުޅުންތެރިން ޝޯޓްލިސްޓްކޮށް ފައިނަލިސްޓުންގެ ގޮތުގައި 3 ކުޅުންތެރިން ނެގިއިރު، ސަލާހްގެ ފަހަތުން ދެ ވަނަ ލިބުނު ސަޑިއޯ މާނޭ އަށެވެ. މިދިޔަ ސީޒަންގައި ޑޯޓްމަންޑަށް ކުޅެދިން 32 މެޗުން 31 ލަނޑު ކާމިޔާބު ކޮށްދިން އޮބާމަޔަންގްއަށް ލިބުނީ 3 ވަނަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް