އެސްއޯއީތައް ހިންގުން ހަރުދަނާކޮށް ކޮރަޕްޝަން މަދުކުރެވިއްޖެނަމަ އެތައް ބިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ: އަޒާން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކޮރަޕްޝަން މަދުކުރެވިއްޖެނަމަ ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެކަމުގައި މެންބަރު އަޒާން ވިދާޅުވެއްޖެއެވެ. ހިތަދޫ މެދުދާއިރާ...

04 Dec 2024 | 16:22

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކޮރަޕްޝަން މަދުކުރެވިއްޖެނަމަ ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެކަމުގައި މެންބަރު އަޒާން ވިދާޅުވެއްޖެއެވެ.

ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު މިހެން ވިދާޅުވީ އެކްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އަޒާން ވިދާޅުވެފައިވަނީ ފާއިތުވި ތިން ސަރުކާރުގައިވެސް ކޮރަޕްޝަންގެ މައްސަލަތައް އެންމެ ގިނައީ އެސްއޯއީތަކުގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒުގެ ސަރުކާރުން މި ނުބައި ސަގާފަތް ނިމުމަކަށް ގެނެސް ސަރުކާރުގެ ކުންފުނިތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހިންގޭ ކުންފުނިތަކަކަށް ހަދާނެ" އަޒާން ވިދާޅުވެފައިވެއެވެ.

ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭރުން އަމަލުކުރަން އެއްވެސް މީހަކަށް ފުރުސަތު ނުލިބޭނެކަންވެސް އަޒާން ފާހަގަކުރައްވާފައިވެއެވެ.

އަޒާން މިހެން ވިދާޅުވެފައިވާއިރު މިއަދު މާލިއްޔަތު ކޮމިޓީގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް ގިނަ ސުވާލުތަކެއް އަޒާން އަމާޒުކުރިތަން ފެނިގެންގޮސްފައިވެއެވެ.

ކުންފުނިތަކަށް ލުއިދިނުމުގައި އަމަލުކޮށްފައިވާ އުސޫލުތަކާއި މިނޫންވެސް އިތުރު ޕޮލިސީތަޚާއި ގުޅޭގޮތުން އަދި ކުލި ނުދައްކާ ފަރާތަކާމެދު އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން އަޒާން ފަޒުލް އަށް ގިނަ ސުވާލުތަކެއް އަމާޒުކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް