ރާއްޖޭގައި މިޔަރެއް ފަތުރުވެރިއަކަށް ހަމަލާދޭ އިތުރު ވީޑިއޯއެއް – މިފަހަރު ފަޔަށް

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިއެއްގެ ބޮލުގައި މިޔަރެއް ހިފާ މަންޒަރު ފެންނަ ވީޑިއޯއެއް މި ހަފްތާތެރޭގައި ވައިރަލްވެފައިވާއިރު މިފަދަ އިތުރު ވީޑިއޯއެއްވެސް ވައިރަލްވެއްޖެއެވެ. މި ވީޑިއޯ ހިއްސާކޮށްފައިވ...

04 Dec 2024 | 16:04

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިއެއްގެ ބޮލުގައި މިޔަރެއް ހިފާ މަންޒަރު ފެންނަ ވީޑިއޯއެއް މި ހަފްތާތެރޭގައި ވައިރަލްވެފައިވާއިރު މިފަދަ އިތުރު ވީޑިއޯއެއްވެސް ވައިރަލްވެއްޖެއެވެ.

މި ވީޑިއޯ ހިއްސާކޮށްފައިވަނީ ޓްރެވެލް ބްލޮގާއެއްކަމުގައިވާ ލިލިއަންއެވެ. އޭނާ މީގެ ދެ ހަފްތާކުރިން އާންމުކުރި އެ ވީޑިއޯއިން ފެންނަނީ އޭނާ މިޔަރުތަކުގެ ތެރެއިން ފީނާފައިދަނިކޮށް މިޔަރެއް އޭނާގެ ފަޔަށް ހަމަލާދޭ މަންޒަރެވެ. މިޔަރުގެ ދަތްތަކުގެ މާކު އޭނާގެ ފައިގާ ސާފުކޮށް ފެންނަން ހުއްޓެވެ.

އެ ވީޑިއޯއަށް ތިން ލައްކައެއްހާ ވިއުސް ލިބިފައިވާއިރު ލިލިޔަން ބުނެފައިވަނީ އެ ވީޑިއޯކުރީ އޭނާގެ ފިރިމީހާ ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ އޭނާގެ ފައި ކުޑަކަމުންނާއި މިޔަރުގެ ލޮލުގެ ފެނުން ރަނގަޅު ނޫންކަމުން އޮޅިގެން މިޔަރަށް ދަތް އެޅުނީކަމުގައި ބެލެވޭ ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގައި މިޔަރު މީހުންނަށް ހަމަލާދޭދިނުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މިކަމުގެ އަސްލަކަށްވަނީ ފަތުރުވެރިންނަށް ދެއްކުމުގެ ނިޔަތުގައި މިޔަރުތަކަށް ކާންދިނުން އިތުރުވާތީ ކަމުގައި ފަންނީ ފަރާތްތަކުން ބުނެއެވެ.

https://www.instagram.com/p/DCVlPn2pPZN/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް