ނަމީބިއާގައި ފުރަތަމަ ފަހަރަށް ރައީސްކަމަށް އަންހެނަކު އިންތިހާބުކޮށްފި

ދެކުނު އެފްރިކާ ބައްރުގެ ގައުމެއްކަމުގައިވާ ނަމީބިއާގައި ފުރަތަމަ ފަހަރަށް ރައީސްކަމަށް އަންހެނަކު އިންތިހާބުކޮށްފިއެވެ. އިއްޔެ ނިމިގެންދިޔަ އިންތިހާބުގައި ރައީސް ކަމަށް އިންތިހާބުވެފައިވަނީ އުމުރުން ...

04 Dec 2024 | 06:58

ދެކުނު އެފްރިކާ ބައްރުގެ ގައުމެއްކަމުގައިވާ ނަމީބިއާގައި ފުރަތަމަ ފަހަރަށް ރައީސްކަމަށް އަންހެނަކު އިންތިހާބުކޮށްފިއެވެ.

އިއްޔެ ނިމިގެންދިޔަ އިންތިހާބުގައި ރައީސް ކަމަށް އިންތިހާބުވެފައިވަނީ އުމުރުން 72 އަހަރުގެ ނެތުމްބޯ ނަންދީ ނޭޑޭޓުވާއެވެ. އޭނާ އިންތިހާބު ކާމިޔާބުކުރީ 57 އިންސައްތަ ވޯޓު ކަށަވަރުކޮށްގެންނެވެ.

ނަންދީ އާއި ވާދަކުރި އަނެއް ކެންޑިޑޭޓް ކަމުގައިވާ ޕަނދުލޭނީ އިތުލާއަށް ލިބުނީ 25.5 އިންސައްތަ ވޯޓެވެ. އޭނާގެ ޕާޓީއިން ވަނީ ނަތީޖާ ބަލައިނުގަންނާނެކަން އިއުލާނުކޮށްފައެވެ. އެހެން ނަމަވެސް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ނަންދީ އިންތިހާބުވެފައިވާކަން އިއުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް