ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ. މިއަދުގެ ޖަލްސާ ކެންސަލް ކުރިއިރު، މި ޖަލްސާ ކެންސަލް ކުރި ވަކި ސަބަބެއް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ. މަޖިލީހުގެ އިއްޔެ...

04 Dec 2024 | 05:38

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކުރިއިރު، މި ޖަލްސާ ކެންސަލް ކުރި ވަކި ސަބަބެއް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމާލިއިރު ރިޔާސަތުގައި އެ ވަގުތު އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު ވަނީ މިއަދު ހެނދުނު 9:00 ހާއިރު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާންކޮށްފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއީދާ އެކު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ދިގުދަންމާލާފައިވާއިރު،

މަޖިލީހުގެ ޖަލްސާތައް މިމަހުގެ15 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް