މަޔޯކާ ބަލިކޮށް ބާސެލޯނާ އިން އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާ މަޔޯކާ ބަލިކޮށް ލީގު ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗުން ބާސާއިން މަލޯކާ ބަލިކުރީ 1-5 ގެ ނަތީޖާއިންނެވެ. ހާ...

04 Dec 2024 | 05:06

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާ މަޔޯކާ ބަލިކޮށް ލީގު ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ރޭ ކުޅުނު މި މެޗުން ބާސާއިން މަލޯކާ ބަލިކުރީ 1-5 ގެ ނަތީޖާއިންނެވެ.

ހާންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން މި މެޗު ކުޅުނީ އެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ބެންޗުގައި ބައިތިއްބައިގެންނެވެ.

ރޭގެ މެޗުން މޮޅުވެ ބާސެލޯނާ ވަނީ އިތުރަށް ދެ މެޗު ކުޅެ، ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ.

ބާސެލޯނާ އަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 14 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ.

ރޯބަޓް ލެވަންޑޮސްކީގެ ބަދަލުގައި ކުޅެން ނިކުތް ފެރަން ޓޮރޭސް މެޗުގެ 12 ވަނަ މިނެޓުގައި ބާސެލޯނާ އަށް ފުރަތަމަ ގޯލް ޖަހައިދިނެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި، މަޔޯކާގެ ވެއަދަތު މުރިށީ ގޯލެއް ކާމިޔާބުކޮށް ބާސެލޯނާ އާ ހަމަހަމަ ކުރި އެވެ.

ބާސެލޯނާ މޮޅުވީ ދެވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު އެވެ. އެޓީމަށް ދެވަނަ ހާފުގައި ގޯލުތައް ޖަހައިދިނީ ރަފީނިއާ، ފްރެންކީ ޑި ޖޮންގް އަދި ޕައު ވިކްޓާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް