ކުޅުދުއްފުށި އަފީފުއްދީން ސްކޫލަށް އެމްޕީއެލް އިން ފަސް ޓީވީ ހަދިޔާކޮށްފި

ކުޅުދުއްފުށި އަފީފުއްދީން ސްކޫލަށް އެމްޕީއެލް އިން ފަސް ޓީވީ ހަދިޔާކޮށްފި އެވެ. އެމްޕީއެލް އިން ބުނީ މިއީ ހދ. ކުޅުދުއްފުށީ ޕޯޓުގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރި ހަދިޔާއެއް ކަމަށެވެ. ...

04 Dec 2021 | 18:18

ކުޅުދުއްފުށި އަފީފުއްދީން ސްކޫލަށް އެމްޕީއެލް އިން ފަސް ޓީވީ ހަދިޔާކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ މިއީ ހދ. ކުޅުދުއްފުށީ ޕޯޓުގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރި ހަދިޔާއެއް ކަމަށެވެ.

އަފީފުއްދީން ސްކޫލްގެ ފަސް ކްލާސްރޫމަށް ބޭނުންވާ ޓީވީ ހަދިޔާ ކޮށްފައިވާ އިރު، ފަސް ޓީވީގެ ތެރެއިން ތިން ޓީވީ ހަދިޔާ ކޮށްފައިވަނީ ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑުން ކަމަށް އެމްޕީއެލް އިން ބުނެ އެވެ. އަދި ބާކީ ހުރި ދެ ޓީވީއަކީ އެމްޕީއެލްގެ ސީނިއަރ މެނޭޖްމަންޓްގެ ދެ ބޭފުޅުން ދިނުމަށް ނިންމާފައިވާ ޓީވީ ކަމަށް ވެސް ބުންޏެވެ.

ޓީވީތައް ހަވާލުކުރުމަށް އަފީފުއްދީން ސްކޫލުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެ ކުންފުނީގެ އިސްވެރިންނާއި ކުޅުދުއްފުށީ ޕޯޓުގެ އިސްވެރިން އަދި އަފީފުއްދީން ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޓީވީތައް ހަދިޔާކޮށްފައިވާ އިރު، އެމްޕީއެލުން ވަނީ ރާއްޖޭގެ ފަސް ސްކޫލަކަށް ބޭނުންވާ ފަސް ކޮމްޕިއުޓަރު ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް މިދިޔަ ހަފުތާގައި ހަދިޔާ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް