ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިވުމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމަށާއި އެފަރާތްތަކަށް ދޭ ރިވެލި އެވޯޑް އަދި ރިވެލި ތަރި ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ އޭރުން އެފަދަ މީހުންގެ ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށް ވާނެ ކަމަށެވެ. އަދި ތަފާތުކުރުމެއް ނެތްކަން އިހުސާސް ވާނެ ކަމަށެވެ.
އެއީ ހޭދައެއް ނުކޮށް، އެންމެނަށް ވެސް ކުރެވޭނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގެ ވަރަށް ބޮޑު ހިއްސާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އެ ހިއްސާ ފުރިހަމަވާނީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
މީގެ އިތުރުން އެ ނިޒާމު ފުރިހަމަކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ގަބޫލުކޮށް އެ މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް