މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓު: އެއްވެސް މެޗަކުން ބަލިނުވެ، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކޭވައިއާރްސީ އަށް

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ) އިން ހޯދައިފި އެވެ. އެޓީމުން ޗެމްޕިއަންކަން ހޯދ...

04 Dec 2021 | 17:54

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ) އިން ހޯދައިފި އެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބް މެޓްރިކްސް އާ ބައްދަލުކޮށް، މެޗު ކާމިޔާބުކޮށްގެން ނެވެ.

ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ދެޓީމުން ވެސް ދެއްކި މި މެޗުގައި ފުރަތަމަ ތިން ކްއާޓަރ ގައި ދެޓީމުން ވެސް ދާދިއެއްވަރަކަށް ޕޮއިންޓު ހޯދިނަމަވެސް، ކުރީގައި އޮތީ ކޭވައިއާރްސީ އެވެ.

އެހެންނަމަވެސް މެޗުގެ ފޯރި އިތުރަށް ގަދަވީ، ފަހަު ކްއާޓަރ (ހަތަރުވަނަ ކްއާޓަރ) ނިމެން ގާތްގަޑަކަށް އަށްވަރަކަށް މިނެޓަށް ވެފައިވަނިކޮށް، މެޓްރިކްސް އިން ލީޑު ނެގުމުން ނެވެ. އެ ހިސާބުން ބައެއް ފަރާތްތަކުން ހީކުރީ ގްރޫޕް ސްޓޭޖުގައި ކޭވައިއާރްސީ ގެ އަތުން ބަލިވެފައިވާތީ، އޭގެ ބަދަލު ހިފުމެއް އައީ ކަމަށެވެ.

އެކަމަކު ދުލެއް ނުދީ ކުޅެމުންދިޔަ ކޭވައިއާރްސީން ވަނީ އެޓޭކު ވަރުގަދަކޮށް އަލުން ލީޑު އަނބުރާލާފަ އެވެ. އަދި ކޮންމެ ޓީމަކުން ވެސް އެޓޭކަށް އިސްކަންދީ ޗެމްޕިއަންކަން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ ކޭވައިއާރްސީ އަށެވެ. އެއީ 30 ޕޮއިންޓު 27 ޕޮއިންޓުން ނެވެ.

މި މުބާރާތުގެ ފިރިހެން ބައިގާ ވާދަކޮށްފައިވަނި ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.

މިއަހަރުގެ މުބާރާތުގައި މާދަމާ ރޭ ކުޅޭނީ އަންހެން ޑިވިޝަން ގެ ފައިނަލް މެޗެވެ. ކޭވައިއާރްސީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މި މެޗު ފަށާނީ 20:30 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް