ނަސާރާ ދީނުގެ ލަވައެއް ކްލިކް ލޮކެޖުގެ އިވެންޓެއްގައި ޖެހީ ގަސްދުގައި ނޫން ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އެ ދީނުގެ ލަވައެއް ޖެހީ އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެ ކޮލެޖުން ކުރިޔަށް ގެންދިޔަ "ކިޑްސް ސްޕޯޓްސް ފެސްޓިވަލް" ގައި އެވެ. އެ ހަރަކާތުގައި ނަސ
ސާރާ ދީނުގެ ލަވައެއް ޖެހީ މާޝަލް އާޓްސް ހަރަކާތުގެ ތެރެއިންނެވެ.
ކްލިކުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. އަދި އިވެންޓްގެ ސައުންޑްއާއި ހަވާލުވެގެން ތިބިފަރާތަށް މިކަން އެނގުމުން ބަދަލު ކުރިކަމަށް އެ ކޮލެޖުން ބުންޏެވެ.
އެކަން އެގޮތަށް ހިނގާފައިވާތީ ރައްޔިތުންގެ ކިބައިން ކްލިކް ކޮލެޖުން ވަނީ މައާފަށް އެދިފަ އެވެ.
https://twitter.com/CliqueCollege/status/1467026128158093314
މި މައްސަލަ ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރީ އާންމުންގެ ތެރެއިން ބައެކެވެ. އެ ޕޯސްޓުތަކާއި ގުޅިގެން މަދަނީ ޖަމިއްްޔާތަކެއް ގުޅިގެން އުފައްދާފައިވާ "ރައްޔިތުންގެ އިއްތިހާދު"ން މިހާރު ވަނީ ފުލުހުންނަށް ވެސް އެކަން ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް