އަރްޖުންއާ މަލައިކާ ރާއްޖޭގައި، ކަމަކީ ބައިސްކަލު ދުއްވުން!

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. މި ދެ ލޯބިވެރިން ޗުއްޓީ ހޭދަ ކުރަމުންދަނީ ޕަޓީނާ މޯލްޑިވްސްގައި އެވެ. ދެމީހުންގެ ސްޓޯރީއަށް...

04 Dec 2021 | 15:15

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

މި ދެ ލޯބިވެރިން ޗުއްޓީ ހޭދަ ކުރަމުންދަނީ ޕަޓީނާ މޯލްޑިވްސްގައި އެވެ. ދެމީހުންގެ ސްޓޯރީއަށް ބަރާބަރަށް ދަތުރުގެ މަންޒަރުތައް އަޕްޑޭޓް ކުރަމުންދާއިރު ތަފާތު ކަންކަން ސްޓޯރީއަށް ދަނީ ލަމުންނެވެ.

އެގޮތުން ސްވިމިން ޕޫލް ކައިރީގައި ރޭގަނޑު ވަގުު ހޭދަ ކުރާ ތަނާއި އަވިގަދަވުމުން ދެމީހުންގެ ހަމުގެ ކުލަޔަށް އަންނަމުންދާ ބަދަލުތައް ވަރަށް މަޖާވެގެން ހިއްސާ ކޮށްފައި ހުރެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ދެމީހުންގެ ބައިސްކަލު ބުރުތަކެވެ.

ދެމީހުން ވަރަށް ހަމަޖެހިލައިގެން މުޅި ރިސޯޓުގައި ބައިސްކަލު ދުއްވާއިރު ބައެއް ފަހަރު އަރުޖުން މަލައިކާއަށް ނޭނގި އޭނާ ބައިލްކަލް ދުއްވާތަން ނަގާފަ ހުރެ އެވެ. އަދި ކޮޓަރި ކައިރިއަށް ގޮސް މަލައިކާއަށް މަޑު ކުރަން ޖެހޭ ހިސާބަށް އާދެވުނު އިރުވެސް ބައިސްކަލް ކޮންޓްރޯލް ނުވެގެން އުޅޭ ވާހަކަވެސް ވީޑިއޯ ކޮޅަކާއި އެކު އަރްޖުން ހިއްސާކޮށްފައިވެ އެވެ.

އަރްޖުން އާއި މަލައިކާގެ ލޯބީގެ ގުޅުމަކީ ބޮލީވުޑް ސަޕޯޓަރުންގެ މެދުގައި ތާއީދު އޮންނަ ގުޅުމެއް ނޫނެވެ. އެއީ ދެމީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުންނެވެ. އަރްޖުންއަށް 36 އަހަރެވެ. މަލައިކާގެ އުމުރުން މިހާރު 47 އަހަރުވެފައިވާއިރު ކުރީގެ ކައިވެންޏަށް ލިބިފައިވާ 18 އަހަރުގެ ފިރިހެން ދަރިއަކު އެބަހުއްޓެވެ.

ދެމީހުންގެ ލޯބީގެ ވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަ ކުރިޔަސް މީހުން އެހާ ގިނައިން އެވާހަކަ ދެއްކުމަކީ އަރްޖުންއަށް މާ ކަމުދާ ކަމެއް ނޫނެވެ. މީގެ ކުރިން އަރްޖުން ބުނީ އެ ދެމީހުންގެ ލޯބީގެ ވާހަކަ މާގިނައިން ދެއްކުމުން މަލައިކާގެ ދަރިއަކު ހުރުމުން ދަރިފުޅަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

އެކަމަކު އަރްޖުންއާ މަލައިކާގެ ގުޅުމުގެ މަގުސަދާއި މެދު ސުވާލު އުފެދޭ ވާހަކަ އެއް މިއަހަރު އޭނާގެ އުފަންދުވަހު އަރްޖުން ވަނީ ދައްކާފަ އެވެ. އޭނާ ބުނީ ލޯބިވެރިއަކުން އަންބަކަށް މަލައިކާ ބަދަލުވާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އޭނާ ބުނީ މަލައިކާ އާއި ކައިވެނި ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް